twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޭންނުޖެހޭ ގޮތް ހަދަން ހުށައަޅައިފި

ޚަދީޖާ އާދަމް
Jun 13, 2022

ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އުޝާމް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ގިނަ މާއްދާތަކެއް އުނިކުރަން ހުށައަޅުއްވާފައެވެ.

އެގޮތުން އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނާ ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެ ގޮތާއި ގުޅޭ ހުރިހާ އަކުރެއް އުނިކުރަން ވަނީ ހުށައަޅާފައެވެ. އެ މާއްދާގެ ހ އިން ފެށިގެން ޅ އަށް ވާ ހުރިހާ ބައިތަކެއް އުނިކުރަން ހުށައަޅާފައިވެއެވެ.

އުޝާމްގެ ހުށައެޅުއްވުމުގައި ވަނީ އުނިކުރާ މާއްދާތަކާއި ގުޅިގެން ގާނޫނުގެ މާއްދާތަކުގެ ނަންބަރު އަލުން ތަރުތީބުކޮށް ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން ގާނޫނުން ގެންނަ އިސްލާހުތަކާއި ގުޅިގެން ބަދަލު ކުރުމަށް ހުށައަޅުއްވާފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމާއި ގުޅޭ ގާނޫނުގެ 19 ވަނަ މާއްދާ ކަމަށްވާ ގެ ނުވަވަނަ ނަންބަރާއި ޕާޓީގެ މުހިންމު ތަފްސީލުތައް ތަފްސީލުތަކަށް އަންނަ ބަދަލު އެންގުން ހިމެނޭ 25 ވަނަ މާއްދާގެ ނ އުނިކުރުމަށާއި އެ މާއްދާގެ ރ އަދި ޕާޓީގެ މެންބަރުންގެ ރަޖިސްޓްރީ ބަޔާންކުރާ 28 ވަނަ މާއްދާގެ ހ އާއި ށ އަދި ނ އުނިކުރަންވެސް ހުށައަޅުއްވާފައެވެ. އަދި ސިޔާސީ ޕާޓީއެއް އުވާލުން ބަޔާންކުރާ 30 ވަނަ މާއްދާގެ އެއްވަނަ ނަންބަރު އުނިކުރުމަށާއި ފައިސާ އާއި ތަކެތި ހޯދާ ފަރާތްތައް ބަޔާންކުރާ 34 ވަނަ މާއްދާގެ ދެ ވަނަ ނަންބަރު އުނިކުރަންވެސް ވަނީ ހުށައަޅާއެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355