twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީނު އައްޔަނު ކުރަން ރުހުން ހޯދަނީ

Jun 15, 2022

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް ސޯލިހު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީން ހަމަޖެއްސުމަށާއި މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އަލީ ހުސައިން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވަނީ އިންޑިއާގައި މިވަގުތު ހުންނެވި ދިވެހި ސަފީރުގެ މަގާމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ވެސް ނިންމަވާފަ އެވެ.

ޝަހީބް މިވަގުތު ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ. އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ ގޮތުގައި މިވަގުތު ހުންނެވީ ހުސައިން ނިޔާޒު އެވެ.

ތަސްމީން ސަފީރު ކަމަށް އައްޔަންކުރަން ނިންމަވާފައިވާއިރު މާޗް 26، 2019 އިން ފެށިގެން މިދިޔަ އޭޕްރީލް މަހާ ހަމައަށް މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ އެވެ. ނަމަވެސް އަމިއްލަ ސަބަބުތަކެއް ހުރުމުން ކަމަށް ވިދާޅުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ސަފީރުންނާ ގުޅޭ މައްސަލަތައް ދިރާސާކުރަން މިއަދު ފޮނުވާފައިވަނީ މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355