twitterviber whatsapp telegramfacebookyoutube instagram
20th March 2026

ސިޔާސީ ވިސްނުމުގެ ސަބަބުން ރަށްތައް ތަރައްގީކުރުމުގައި ތަފާތެއް ނުގެންގުޅެން

ޚަދީޖާ އާދަމް
Jun 18, 2022

ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ށ ފުނަދޫ ކައުންސިލާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމުގައި ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުންކަމަށެވެ.

ރައީސް ފުނަދޫއަށް ކުރެއްވި ދަތުރުފުޅަކީ ފުނަދޫ ސްކޫލަށް 50 އަހަރުފުރުން ފާހަގަ ކުރުމަށް ކުރެއްވި ދަތުރު ފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޒިޔާރަތްކޮށް ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން ފުނަދޫ ގިރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދު ވެސް ބައްލަވާލައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355