twitterviber whatsapp telegramfacebookyoutube instagram
16th September 2026

ދައުލަތުން ޕާޓީތަކަށް ދޭ ފައިސާ ހަރަދު ކުރާ ގޮތް ބަލަނީ

Jun 19, 2022

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ބަލަހައްޓަމުންދާ ގޮތް ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

"ސަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އީސީގެ ނައިބު ރައީސް އިސްމާޢިލް ހަބީބް ވިދާޅުވީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ހަރަދު ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށްތޯ ބެލުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އީސީގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީހަށް ދާގޮތަށް ނިންމާފައިވާ ކަމަށާއި މިއަދު އެ ކޮމިޝަންގެ ޓީމު އެމްޑީޕީގެ އޮފީހަށް ގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހަށް ބަހާލައިގެން ދެން އޮތް ތިން ޕާޓީގެ އޮފީހަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭންޖެހޭނެއެވެ. މިއަހަރު އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެއީ 15.02 މިލިއަން ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293