twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އޮކްޓޯބަރު މަހު ކުޅުދުއްފުށީގައި ބާއްވަނީ

ޚަދީޖާ އާދަމް
Jun 20, 2022

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ. މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ބާއްވާ ކޮންފަރެންސެކެވެ.

ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. މި ކޮންފަރެންސަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމްކުރުމަށާއި އިލްމީ މަސައްކަތް ކުރާ ބައިނަލްއަގްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. ކޮންފަރެންސް ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 9 ން 10 ކަށެވެ.

މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތަޢުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތް ނުވަތަ "ކަރަންޓް ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ ޑިރެކްޝަންސް" އެވެ.

މިއީ މިކޮންފަރެންސް ބާއްވާ 6 ވަނަ ފަހަރެވެ. މި ކޮންފަރެންސްގައި ރާއްޖޭގައި ތިބި މިދާއިރާގެ ތަޖުރިބާ ކާރުންނާއި ބޭރުގެ ތަޖުރިބާކާރުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށް އެންއައިއީ އިން ވިދާޅުވެއެވެ. އަދި މިކޮންފަރެންސްގައި 250 އަށްވުރެ ގިނަ ނޫން އަދަދަކަށް މީހުން ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިކޮންފަރެންސް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ ހުށަހެޅޭ އިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީ މިކޮންފަރެންސް ބޭއްވުމުގެ މުހިއްމު މަގުސަދެއް ކަމަށް އެންއައިއީން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355