twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް ބަޔަކު އެކަން ހުއްޓުވައިފި

ނަބީލާ އިސްމާޢީލް
Jun 21, 2022
3

މިއަހަރު ފާހަގަކުރާ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ގަލޮޅުދަނޑުގައި ފާހަގަކުރަމުން ދަނިކޮށް ބަޔަކު ދަނޑަށް ވަދެ އެ ހަރަކާތައް ހުއްޓުވައިފިއެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ބަޔަކު ވަދެ، އަޑުގަދަ ކުރަން ފެށުމުން، ޔޯގާ ހަދަން ތިބި މީހުން ބިރު އެ ތަން ދޫކޮށް ދުއްވައިގަތީ އެވެ.

ގަލޮޅުދަނޑަށް ވަދެ އަޑުގަދަ ކުރީއިރު އެމީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އޭރު ޔޯގާ ހަދަން ދަނޑުގައި ތިބި މީހުން އެތަން ދޫކޮށް ދިއުމަށް އިންޒާރުދިންކަމަށްވެސްވެއެވެ.

އެންމެ ފުރަތަމަ އެމީހުން ހަމަނުޖެހުން ނުޖެހުން އުފައްދަން މަސައްކަތް ކުރިއިރު އެ ސަރަހައްދުގައި ތިބީ މަދު ފުލުހުންނަށް ވާއިރު އޭރު އެތާ ތިބި ފުލުހުން އެކަން ހުއްޓުވާފައި ވަނީ ޕެޕާސްޕްރޭ ބޭނުން ކޮށްގެންނެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ނިންމުމާ ގުޅިގެން އެތައް ޕްލެޓުފޯމެއްގައި ގިނަ ބަޔަކު ހަމަނުޖެހުން ފާހަގަކުރީއިރު ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން ވެސް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާއި ޚިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފައެވެ. އަދި މާދަމާ ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފައެވެ.

އެންމެ ފުރަތަމަ ޔޮގާ ދުވަސް ފާހަގަކުރަން ނިންމީވެސް ރަސްފަންނުގައެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށް ބުނެ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ހަރަކާތައް ރަސްފަންނު ނުދޭން ނިންމާފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅުދަނޑުގައި ބާއްވާ ގޮތަށް ނިންމީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355