twitterviber whatsapp telegramfacebookyoutube instagram
8th November 2026

ގޭމް ކޮމިއުނިޓީ އަށް އުރީދޫނޭޝަން - ދި ގޭމާސް ލޭންޑް ލޯންޗް ކޮށްފި

ޚަދީޖާ އާދަމް
Jun 22, 2022

އަގު ބޮޑު ޕަބްޖީ ގޭމިން މުބާރާތަކާއެކު އުރީދޫން ގޭމް ކޮމިއުނިޓީ އަށް އުރީދޫނޭޝަން - ދި ގޭމާސް ލޭންޑް ލޯންޗް ކޮށްފި އެވެ.

ގޭމިންގެ ބޮޑު ކޮމިއުނީޓީއެއް އޮންނަ ރާއްޖޭގައި މި މުބާރާތް ލޯންޗް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

އުރީދޫން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗް ކުރި އުރީދޫނޭޝަން- ދި ގޭމާސް ލޭންޑަކީ ކޮމްޕިއުޓަރާއި ގޭމިން ބޭނުންކޮށްގެން ކުޅޭ ގޭމެކެވެ.

މި ހަފުލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް-ހަމަދީ ވިދާޅުވީ އުރީދޫން ތަނަވަސްކޮށްދީފައި މިވަނީ ރާއްޖޭގައި ތިބި ގޭމިން ކޮމިއުނިޓީއަށް ފުރިހަމަ ފުރުސަތެއް ކަމަށެވެ.

މި މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ގޭމިންގައި ދިވެހި ޒުވާނުންނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަަން އޭނާ ފާހަގަ ކުރެއްވި އެވެ. މި މުބާރާތުން އެއްވަަނަ އަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ އަގު ހުރި އިނާމެއް ވެސް ލިބޭނެ އެވެ.

އުރީދޫން ވަނީ "އުރީދޫނޭޝަން" ލޯންޗް ކުރުމުގެ އިތުރުން ދުނިޔޭގައި އެންމެ މަޝްހޫރު އެއް ގޭމިން ކަމަށްވާ ޕަބްޖީ މުބާރާތެއް ވެސް ލޯންޗް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293