twitterviber whatsapp telegramfacebookyoutube instagram
8th November 2026

ލައިސެންސް ތަމްރީން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޕޮލިޓެކްނިކާއެކު އެއްބަސްވުމެެއްގައި ސޮއިކޮށްފި

ޚަދީޖާ އާދަމް
Jun 23, 2022

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ޕޮލިޓެކްނިކުން ތަމްރީނު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ މަގުސަދަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުން ކަމަށާއި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާ ކަމަށް މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ތިއަރީ ޓެސްޓުގެ ޚިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293