twitterviber whatsapp telegramfacebookyoutube instagram
21st March 2026

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް ބައިވެރިވެވަޑައިގެންފި

ނަބީލާ އިސްމާޢީލް
Jun 26, 2022

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއާ ކޮންފަރެންސް އެރީނާގައެވެ. މި ރީޓްރީޓް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.

ރައީސް، ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުވުން މިބާއްވަނީ ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355