twitterviber whatsapp telegramfacebookyoutube instagram
17th April 2024

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މައްކާއަށް ގޮސްފި

Jun 27, 2022

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ސަައުދީ އަރަބިއްޔާއަށް ރޭ ފުރި ފުރަތަމަ ގުރޫޕް ހައްޖުވެރިން މައްކާއަށް ގޮސްފިއެވެ.

މާލެއިން ފުރި ހައްޖުވެރިން ސައުދީ އަރަބިއްޔާގެ ޖިއްދާ އެއާޕޯޓަށް ދިއުމާއެކު މިހާރު ވަނީ ހައްޖުވެރިން ތިބެން ހަމަޖެހިފައިވާ ހޮޓާތަކަށް ގެންގޮސްފަ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރޭ ފުރާފައި ވަނީ 157 މީހުންނެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބެނީ 453 ކޯޓާ އެވެ. އެހެން ކަމުން ހުރިހާ ޖާގައެއް މިފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އަންގައިގެން އެ ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަންގެ ދަފްތަރުގައި ނެތް 100 މީހަކަށް ފުރުސަތު ދީފައެވެ. ބާކީ ހުރި 353 ޖާގައަށް ދަނީ ކޯޕަރޭޝަންގެ ދަފްތަރުގައިވާ މީހުންނާއި އެހީތެރިންނެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވާފައެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ. މީގެ ކުރީ އަހަރުތަކުގައި މި މަގާމަށް އެކި މިނިސްޓަރުން ހަމަޖައްސައިފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355