twitterviber whatsapp telegramfacebookyoutube instagram
1st November 2026

ދުނިޔޭގެ ފެންވަރުގެ ބޮޑީ ބޯޑިން މުބާރާތެއް ރާއްޖޭގައި ބާއްވަނީ

Jun 28, 2022

އަންނަ ޖުލައި މަހު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަން މި އަންނަ ހަފްތާގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށެވެ. އަދި އެ ކަމާގުޅޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި އޭޝިއަން ސާފިން މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ތެރޭގައި އޮތީ ނެޝެނަލް ސާފިން އެސޯސިއޭޝަން އަދި ނެޝެނަލް ބޮޑީބޯޑިން އެސޯސިއޭޝަން ކަމަށް ވިދާޅުވަމުން މިނިސްޓަރު ފާހަގަކުރެއްވީ އެ ކަންކަމަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް އެހީތެރިކަން ދެމުންދާކަމަށެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުމާ ގުޅޭގޮތުންވެސް މަހުލޫފް ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުމާ މަރާމާތަށް ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށް ވިދާޅުވިއެވެ. އެކަމަށް އޮތް ހައްލެއްކަމަށް މިނިސްޓަރު ވިދާޅުވީ އެރަށެއްގައި ހުރި ކުޅިވަރު ވަސީލަތްތައް ގާއިމްކުރެވިފައި ހުރި ބިމުގައި، އެތަންތަނުން އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293