twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތިލަދުންމަތި ދެކުނުގެ އިގްތިސޯދުގެ ދޮރު ހުޅުވެން ޖެހޭ، ހެޔޮ ނިޔަތުގައި މަސައްކަތް ކުރާނަމަ ވާނެ: އަމީން

އަޅުގަނޑު މިތަނުގައި މިފާހަގަ ކުރަނީ މުޅި ތިލަދުންމަތީގެ އިގްތިސާދުގެ އެއް ދޮރު ހުޅުވާ ވާހަކަ. މިހާރު އޮތް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަގަޅުކޮށްލާ ޓާމިނަލް ބޮޑު ކޮށްލުމަކީ ރާއްޖޭން ވެސް ކުރެވޭނެކަމެއް.

އަބްދުލް ވާހިދު ޙަސަން
Jul 6, 2022
1

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ތިލަދުންމަތި ދެކުނު ވެފައިވަނީ އިގްތިސާދީ ގޮތުން މާބޮޑު ކުރިއެރުމެއް ނެތް އަތޮޅަކަށްކަމަށާއި ތިލަދުންމަތީ ދެކުނުގެ އިގްތިސޯދުގެ ދޮރު ހުޅުވެން ޖެހޭކަމަށް ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަމީން ވިދާޅުވީ، ހަގީގަތަކީ ސަރުކާރުތަކުން ތިލަދުންމަތި ދެކުނުގެ އިގްތިސާދު ބިނާކުރުމުގެ ރޭވުމެއް ނުގެންގުޅޭ ކަމަށެވެ.

މިއަތޮޅުގައި ޓޫރިޒަމް ތައާރަފުކުރުމަށް ސަރުކާރުތަކުން ކުރި މަސައްކަތްތަކުން ރަށްތައް ކުއްޔަށް ނެގި ފަރާތްތަކަށް އެރަށްތައް ޓޫރިސްޓް ރިސޯޓްތަކަށް ހެދުމުގައި ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގައިވެސް އޮތީ ތަރައްގީނުކުރެވިފައިކަމަށް އަމީން ފާހަގަކުރެއްވި އެވެ.

"މިހެން މިކަން އޮއްވާ އެމްޑީޕީގެ 2008 ގެ ސަރުކާރުގެ ދުވަސްވަރުގައި އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްތައް ފާހަގަ ކުރައްވާ ގެސްޓްހައުސް ތަރައްގީ ކުރުމުގެ ޕްލޭންތަކެއް ކުރެއްވި. ނަމަވެސް އެސަރުކާރު ބަޣާވާތަކުން ވައްޓާލުމާއެކުގައި އެ ޕްލޭންތަކެއްވެސް ދެން އައި ސަރުކާރުތަކުން ކުރިއަކަށް ނުގެންދެވި." ކުމުންދޫ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާ އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، މަސްވެރިކަމުގެ މަސައްކަތަކީ ވެސް އަތޮޅުގައި ކުރެވެމުން އަންނަ މަސައްކަތެއް ކަމަށާއި ހަމަ އެފަދައިން ދަނޑުވެރި ކަމަކީވެސް އަތޮޅުގައި ކުރެވެމުން އަންނަ މަސައްކަތެއްކަމަށްވިޔަސް މިއިން އެއްވެސް މަސައްކަތަކީ އަތޮޅު މީހުން އަތޮޅުގައި ތިބެގެން އާމްދަނީ ލިބޭ މަސައްކަތްތަކެއް ނޫން ކަމަށެވެ.

"ކަންނެލި ބާނައިގެން ދާންޖެހެނީ ހުޅުމާލެއަށް. ދަނޑުވެރިކަމުގެ ބާވަތްތަކުގެ މާރުކޭޓެއް ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ހިންގުނުނަމަވެސް ވިޔަފާރި އުސޫލުން އެމަސައްކަތް ކޮށްގެން އޭގެން ނަފާއެއް ނެރެވޭތޯ އަނެއްކާ ވެސް ތަކެތި ފޮނުވަން ޖެހެނީ މާލެއަށް. މާލެ ފޮނުވޭއިރު ކިޔުކަންބާ އެއްޗެތި ދޮންވެ ތާޒާކަން ގެއްލުމުގެ ސަބަބުން އޭގެން ނަފާއެއް ނެރެވޭ ގޮތްވެސް ވަރަށް ކުޑަ." އަމީން ވިދާޅުވި އެވެ.

ތިލަދުންމަތީގެ އިގްތިސާދުގެ މައި ރަށަކީ ކުޅުދުއްފުއްޓަށްވާއިރު ކަނޑުމަގުން މިދޭތެރެއިން އިންޑިއާއިން އާގުބޯޓް ފަހަރު ދަތުރުކޮށް ހެދިކަމަށާ އެހެންނަމަވެސް މުދާ ބޭލުމުގެ އަގުތައް އިންތިހާއަށް ބޮޑު ވުމުގެ ސަބަބުން ވިޔަފާރިވެރިން އިންޑިޔާއިން ތަކެތި އިމްޕޯޓް ކުރުމުގެ ޝައުގުވެރިކަންވެސް ގެއްލުނު ކަމަށް އަމީން ވިދާޅުވި އެވެ.

އިގްތިސޯދު ރަގަޅު ކުރުމުގެ ހެޔޮ ނިޔަތުގައި މަސައްކަތް ކުރެވޭ ނަމަ އިންޑިޔާއިން ގަވާއިދުން އާގުބޯޓް ފަހަރު އަންނަ ގޮތަށް ރޭވޭއިރު ހެޔޮއަގުގައި މުދާ ބޭލޭނެ އިންތިޒާމާއި އަދި މުދާ އިމްޕޯޓް ކުރުމަށް ވިޔަފާރިވެރިންނަށް ބެންކުތަކުން ބޭރު ފައިސާ ލިބޭނެ ގޮތާ ފޮނުވޭނެ އިންތިޒާމްތަކަކީވެސް އެކުގައި ރޭވިފައި އޮންނަން ޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއިން ކޮންމެ ހިދުމަތަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވެގެންދާނެ ހިދުމަތްތަކެއްކަން ފާހަގަކުރެއްވި އެވެ.

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ތިލަދުންމަތީގެ ރިސޯޓް ޓޫރިޒަމްއަށް ދިރުން ނުލިބިގެން އުޅޭ އެއް ކަމެއްގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހަގީގީ އިންޓަނެޝަނަލް އެއާޕޯޓަކަށް ނުވެ އޮތީމަ ކަމަށެވެ.

"
އަޅުގަނޑު މިތަނުގައި މިފާހަގަ ކުރަނީ މުޅި ތިލަދުންމަތީގެ އިގްތިސާދުގެ އެއް ދޮރު ހުޅުވާ ވާހަކަ. މިހާރު އޮތް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަގަޅުކޮށްލާ ޓާމިނަލް ބޮޑު ކޮށްލުމަކީ ރާއްޖޭން ވެސް ކުރެވޭނެކަމެއް. އެމްޓީސީސީ އިން ވެސް މިހާރު އޮތް އެއާޕޯޓްގެ އޮޕަރޭޝަންއަށް ހުއްޓުމެއް ނުގެނެސް ބޮއިންގ 737 އެއަރބަސް A320 ވަރުގެ ބޯޓް ފަހަރު ޖައްސާވަރު ކޮށްލެވިދާނެ ކަމަށް ދެކެން.
ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް

"އެނގިވަޑައިގަންނަވާނެ ފަދައިން ޓޫރިސްޓުންނަށް ތަންތަނަށް ދަތުރު ކުރެވޭނީ ފަސޭހައިން އެތަނަކަށް ހެޔޮއަގުގައި އައިސް ގޮސްވެ އުޅެވޭނެ އިންތިޒާމްތައް ހުރެގެން. އަދި ތިލަދުންމަތީގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ވެގެން ދާނީވެސް ތިލަދުންމަތީގައި މީހުން ދިރިއުޅޭ ނުލާހިކު ރީތި ބީޗްތަކާއި މޫދު އޮތް ރަށްރަށަށް ޓޫރިސްޓުންނަށް އާދެވޭނެ މަގު ހުޅުވިގެން." އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރުވެސް ތިލަދުންމަތީގައި ގެސްޓްހައުސް ފެންވަރުގެ 2000 ބެޑް ވަރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާ އަދި ގެސްޓުންނަށް ހިދުމަތް ދިނުމުގެ ހުނަރުވެސް މިއިން ކޮންމެ ރަށެއްގައިވެސް ހުންނާނެ ކަމަށެވެ. އަދި ގެސްޓްހައުސް އެނދު އިތުރު ކުރުމަށް ރައްޔިތުންނަށް ގެސްޓްހައުސް ބިނާ ކުރަން ބޭނުންވާ ބެންކް ލޯން ލިބޭނެ ގޮތްވެސް ހަމަ ޖެހިގެން ދިއުމަކީ އިގްތިސާދު ކުރިއެރުވުމަށް ދެވޭނެ އިތުރު ހިތްވަރެއްކަމަށްވެސް އަމީން ފާހަގަކުރެއްވި އެވެ.

ބޭރުގެ އެހީތަކުން އަޅަމުން އަންނަ އެއާޕޯޓްތައް އެޅިގެންދާ އަވަސް ލަސްމިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަނީ ފެންނަމުންކަމަށްވެސް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑު މިތަނުގައި މިފާހަގަ ކުރަނީ މުޅި ތިލަދުންމަތީގެ އިގްތިސާދުގެ އެއް ދޮރު ހުޅުވާ ވާހަކަ. މިހާރު އޮތް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަގަޅުކޮށްލާ ޓާމިނަލް ބޮޑު ކޮށްލުމަކީ ރާއްޖޭން ވެސް ކުރެވޭނެކަމެއް. އެމްޓީސީސީ އިން ވެސް މިހާރު އޮތް އެއާޕޯޓްގެ އޮޕަރޭޝަންއަށް ހުއްޓުމެއް ނުގެނެސް ބޮއިންގ 737 އެއަރބަސް A320 ވަރުގެ ބޯޓް ފަހަރު ޖައްސާވަރު ކޮށްލެވިދާނެ ކަމަށް ދެކެން." އަމީން ވިދާޅުވި އެވެ.

މިދައްކަނީ ގާތްގަނޑަކަށް ދުވާލަކު 500 ވަރަކަށް ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ވަރުކުރާ ވާހަކަކަމަށާއި ރާއްޖޭގައި މިހާރުވެސް ހަދަމުންދާ ޑޮމެސްޓިކް އެއާޕޯޓެއް ހެދުމަށް ދާ ހަރަދަށް ވުރެ ކުޑަ ހަރަދަކުން މިކަން ކުރެވޭނެކަމަށެވެ. އަދި މިކަމުން ތިލަދުންމަތީގެ އިގްތިސާދަށް މަންފާ ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން މިކަމުގައި އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާ އާއި ވާހަކަ ދައްކައިގެން މިގައުމުތަކާއި ހަނިމާދޫއާ ދެމެދުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދޭނެކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355