twitterviber whatsapp telegramfacebookyoutube instagram
12th February 2026

އުރީދޫއިން 100 ރުފިޔާއަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކެއް

ނަބީލާ އިސްމާޢީލް
Jul 7, 2022
1

އުރީދޫއިން އީދު ބަންދަށް ހާއްސަކޮށް 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކެއް ތައާރަފްކޮށްފި އެވެ.

"ބޮޑު ޗުއްޓީ ޕެކް"ގެ ނަމުގައި ތައާރަފުކުރި މި ޕެކް އެކްޓިވޭޓުކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވޭނެ އެވެ. އުރީދޫއިން ބުނީ މިއީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުން ދާތީ، އާއިލާ އާއި އެކުވެރިންނާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފަސޭހަކޮށްދިނުމަށް ފެށި އޮފާއެއް ކަމަށެވެ.

އުރީދޫގެ އެ އޮފާ އުރީދޫގެ މޮބައިލް އެޕާއި *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ 100GB ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކޮށް ގެން ވެސް އެ ޕެކް އެކްޓިވޭޓު ކުރެވޭނެ އެވެ. އުރީދޫގެ އެ އޮފާ ލިބޭނީ މި މަހުގެ 31 އާ ހަމައަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355