twitterviber whatsapp telegramfacebookyoutube instagram
12th February 2026

އީދުގެ ފޮޓޯތައް ހިއްސާކޮށްގެން އުރީދޫއިން ފޯނެއް

Jul 10, 2022

އަޟްޙާ ޢީދުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްގެން ސެމްސަންގް ގެލެކްސީ އެސް21 ޕްލަސް ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ ޢީދުގެ އުފަލުގައި ނަގާ ފޮޓޯތައް ހިއްސާ ކުރަން ވަނީ ޕަބްލިކް އެކައުންޓަކުން ކަމަށާއި އަދި އުރީދޫ ޓެގްކޮށް އެކަމަށް ޚާއްސަ ހޭޝްޓެގް ބޭނުން ކުރަން ވާނެކަމަށެވެ.

އުރީދޫ އިން ބުނީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުން ވެސް ފޮޓޯ ހިއްސާ ކުރެވޭނެ ކަމަށެވެ. ގުރުއަތުލުމުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59އެވެ.

އުރީދޫ އިން ވަނީ މި ފަހަރުގެ ބޮޑު ޗުއްޓީއަށް ހާއްސަކޮށް ޑޭޓާ ޕެކޭޖެއް ވެސް ތައާރަފުކޮށްފައެވެ. އެންމެ 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭ އެ ޕްރޮމޯޝަންގެ ދަށުން ލިބޭ ޑޭޓާ ތިން ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355