twitterviber whatsapp telegramfacebookyoutube instagram
12th August 2026

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެ

ޚަދީޖާ އާދަމް
Jul 10, 2022

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ވަނީ މިއަދު، ހއ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓްގައި ވާގޮތުން، މިއަދު ހަވީރު 17:30އާ ހަމައަށް އެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

ބައެއް ހިސާބުތަކަށް ކުޑަކޮށް ކެރީގެ އަސަރުފޯރި ނަމަވެސް އާންމުގޮތެއްގައި އުތުރުގެ އަތޮޅުތަކަށްވެސް މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

އެ އިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރެވޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355