twitterviber whatsapp telegramfacebookyoutube instagram
28th February 2026

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެންނަނީ

ޚަދީޖާ އާދަމް
Jul 11, 2022
2

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ ފައިސާދޭ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން އެ ކޮމިޝަނުގެ ޚިޔާލުތައް މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތުން އެއް ހުށަހެޅުމަކީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ހުށަހެޅުމަކީ ސިޔާސީ ޕާޓިތަކަށް ދޭ ފައިސާގެ 20 ޕަސަންޓު ހުރިހާ ޕާޓިއަކަށް ހަމަހަމައަށް ބަހާލާފައި، 80 ޕަސެންޓު ފައިސާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބަލާފައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބަދަލުތައް ގެނެވޭނީ ގާނޫނު އިސްލާހު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން މަޖިލީހަށް ބިލެއް ހުށަހެޅުމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355