twitterviber whatsapp telegramfacebookyoutube instagram
14th June 2025
ADVERTISEMENT
މަށިމާލި ޕެރޭޑް ހުށަހަޅައިދި" އަނދިރި ތާރުގަނޑު" ފުޅަނދު ކިޔައިދެނީ ރިޔާސީ ދައުރެއް ނިމިގެންދާއިރު އެއާޕޯޓް ރަންވޭގައި ލައިޓްވެސް ޖަހާނުލެވިފައިވާކަން--ކޭއޯފޮޓޯ

ފޯރިގަދަ މަށިމާލި ޕެރޭޑް މިފަހަރުވެސް ސަމާލުކަން ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Jul 11, 2022
5

މުޅި ރާއްޖެ މަޝްހޫރު، ކުޅުދުއްފުށި މަށިމާލި ޕެރޭޑް މިފަހަރުވެސް ސަމާލުކަން ހޯދައިފި އެވެ. މިފަހަރުގެ މަށިމާލި ޕެރޭޑްގައި 400 އެއްހާ މާލި ބައިވެރިވިއިރު ތަފާތު މަޖާ މާލިތަކާއި ސަރުކާރުން ނުފުއްދަ ހުރި ވައުދުތަކުގެ ވާހަކަތަކާއެކު ސިޔާސީ ކަންކަމަށް ހަޖޫ ޖަހާފައިވެ އެވެ.

އޭރެއްގައި އެންމެ “ޓްރެންޑިން” ހިމަނައިގެން ބާއްވާ މި މަށިމާލި ޕެރޭޑްގައި މިފަހަރުވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދީ ސިޔާސީ މަސްރަހުގައި ހިނގައި ހަޖޫ ޖަހައި ނެރެފައިވާ މާލިތަކަށެވެ. އެގޮތުން ދާދި ފަހުން ބިދޭސީއަކާއެކު ކޮޓަރިއެއް ހިންގި ކަންކަންކަމުގެ މައްޗަށް ގިނަ މާލިތަކެއް ނެރެ އެކަމަށް ފާޑުކިޔާފައިވެ އެވެ.

ޕެރޭޑުން ފާހަގަވި ބައެއް ފުޅަނދުތަކަށް ބަލާއިރު "އަނދިރި ތާރުގަނޑު" ފާހަގަކުރެވި އެވެ. އެ ފުޅަނދުން ދައްކައިދިނީ ރިޔާސީ ދައުރެއް ނިމިގެންދާއިރުވެސް ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ލައިޓް ނުޖެހި ހުރި ކަމެވެ. ފުޅަނދުގައި ރަންވޭއެއް މަތީގައި މޯލްޑިއަންގެ ފްލައިޓެއް އޮންނައިރު ރަންވޭގެ ލައިޓްގެ ގޮތުގައި ހުރީ ފުޅި ބައްތިތަކެކެވެ.

އެއާޕޯޓް ތަރައްގީއަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ނުދާތީ އެހެން ފުޅަނދެއްގައިވެސް ވަނީ ދައްކާލާފަ އެވެ. އެ ފުޅަނދުގައި ފްލައިޓެއްގެ އެ ފަޅިން ފެންނައިރު އެ ފުޅަނދުން ދައްކައިދިނީ އެއާޕޯޓް ފުރިހަމަނުވާ ކަމަށެވެ. ޖާގަ ނުލިބޭ ވާހަކަތަކާއި އެއީ މިރަށު ރައްޔިތުންނަށް އޮތް ހައްގު މިންވަރު ތޯ އެ ފުޅަނދުން ސުވާލުކުރި އެވެ.

ސިޓީ ކައުންސިލުން ހަދަން ބުނި އައިސް ޕްލާންޓަށް ހަޖޫ ޖަހައިވެސް ފުޅަނދެއް ނެރެފައިވެ އެވެ. 100 ޓަނުގެ މި ފުޅަނދާއެކު ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ އެކަންވެސް ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ. ސަރުކާރުން ކުޅުދުއްފުށީގައި އަޅަން ވައުދުވި ޓާޝިއަރީ ހޮސްޕިޓަލަށްވެސް ފެރޭޑްގައި ވަނީ ފާޑު ކިޔާފަ އެވެ.

ސިޔާސީ ޖޯކްތަކުގެ ތެރޭގައި ބިޒްނަސް މީޓީންގ ރޫމާއި ޖަޒީރާ ހޮނު އަދި ލައިޓް، ގިރި ގޮއްވި، މިކަމެއް ނުވި، ދެކުނު ދާއިރާގެ މޯޗަރީ، ކަރަލް ދަނޑު ގެއްލުނު ފެންސު ފަދަ ފުޅަނދުތައް ފެނިގެންގޮސްފައިވެ އެވެ. މި ނޫންވެސް ސަގާފީ މަސައްކަތްތެރިކަން ދައްކައިދޭ މާލިތަކާއި އެ ނޫންވެސް ގިނަ މާލިތަކެއް ފެނިގެންދިޔަ އެވެ.

ނަން
ކޮމެންޓް
ކޮސްނުގޮވާ
މަށިމާލި ޕެރޭޑް މިހާރުވެސް ހިނގަނީ އެއިގެ އަސްލާ އެއްގޮތަށް. އެ މާލިތަކުގައި ކުޑަކުދިންނާ ނުގުޅޭ ނުވަތަ މުޖުތަމަޢުގައި ްަބޫލު ނުކުރެވޭފަދަ އެއްވެސް ކަމެއް ނުފެނޭ. އެ ހަރަކާތުގައި ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭގޮތަށް އޮންނަ ކަމަކަށް ބައެއް ނޫސްތަކުން ފާޑުކިޔާނެ އެއްވެސް ކަމެއްނެތް.
އުނބު
މި ޕެރޭޑް ބޮޑެތި މީހުންނަށް މަޖާވެދާނެ. ނަމަވެސް ކުޑަކުދިންނަށް ކަމަކު ނުދޭ. އެފެންނަ "ގިރި" މާލިތައް ފަދަ މާލިތައް ކުދިންނަކަށް ކަމަކުނުދޭ. އެކުދިންނަކަށް އޭގައި އެދޭހަކޮށްދޭ އެއްޗެއް ނޭނގޭނެ އަދި މައިންބަފައިންނަށް އޭތި ބުނެދޭކަށްވެސް ނުކެރޭނެ. ގޭގައި އުޅޭ ކުދިންކައިރީގައި މަޖާތޯ ސުވާލުކުރުމުން ބުނީ މަޖަލެއް ނޫނޭ. ކަމުދިޔައީ މަތިންދާބޯޓު މާލި އެކަނި. ބަޔަކު ލިވާތުކުރުމުން އެކަން ޖޯކަކަށް ހަދައި އެއަކީ އާދާގެ ކަމެއް ކަމަށް ފެންނަގޮތައް އަމަލުކުރުންވެސް ރަގަޅެއް ނުވާނެދޯ. އެކަން ކުރިބަޔަކަށް ދޭންޖެހޭ އަދަބު މިފުޅަނދުތަކުން ފެނުންނަމަ ރަނގަޅު ވެއްޖައީސް.
ދޮންގޮއްޔެ
މާލިތަކާ ބެހޭގޮތުން ބައެއްފަރާތްތަކުން ކަންބޮޑުވަނީ އެފަރާތްތަކުން އަމިއްލައަށް އެކަމާ ހަވާލުވާތީއެވެ. އެންމެ ކަންބޮޑުވެގެންއުޅޭ ބިޒިނަސް ކޮޓަރިކޮޅުގެ ވާހަކަވެސް އަމިއްލައަށް ހަވާލުވަނީއެވެ. އޭގައި ވަކިފަރާތަކަށް އަބުރަށް ހުތުރު ވާގޮތަށް ނުވަތަ ކުޑަކުދިންނާ ނުގުޅޭ އިބާރާތެއްވެސް ނެތެވެ. މިމަށިމާލި ޕެރޭޑް ބާއްވަމުން އަންނަގޮތުގެ ރޫހާ ޚިލާފުވެގެންނނުވާނެއެވެ. މިއީ އީދު ކުޅިވަރުގައި މަޖާކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ.
ޖާނު
ކުޑަކުދިންނަށް ގެޓް ނުވާނެ އެއްއަވުރެން މާނަ ފުކޮން ހުންނާނީ
ޙ.އ
.މާލިތައް އޯކޭ އީދުގަ ކުޑަކުދިން ނާއެކީ ވީމަ ކަމަކުނުދޭ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com