twitterviber whatsapp telegramfacebookyoutube instagram
8th September 2024

ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯގަނޑަކުން މަށިމާލި ޕެރޭޑްގައި ވާނުވާއެއް ނޭނގޭނެ: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Jul 12, 2022
7

ޝޯސަލް މީޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއް ނޭނގޭނެ ކަމަށާއި މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖްގެ ގޮތުން މުއްސަނދި ހަރަކާތްތަކެއްކަމަށް ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ފާހަގަކުރައްވައިފި އެވެ.

އާތިފް މިމޭރުމުން ވާހަކަދައްކާފައިމިވަނީ އިއްޔެ ބޭއްވި މަށިމާލި ޕެރޭޑްގެ އަސްލު އޮޅުވާލާއި ކަމުގައި ހަގީގަތް އޮޅޭ ގޮތަށް މަދު ބަޔަކު ވާހަކަދައްކަމުންދާ ވަގުތެއްގައި އެވެ. ހާއްސަ ގޮތެއްގައި އެގޮތަށް ވާހަކަދައްކަމުންދަނީ ކުޅުދުއްފުއްޓާ ޒާތީވާ މަދު ބައެކެވެ. އަދި މަށިމާލި ޕެރޭޑްގެ އެއްވެސް މައުލޫމާތެއް ނޭނގޭ ބައެއްވެސް މެ އެވެ.

މޭޔަރު އާތިފް ވިދާޅުވީ، ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތަކާއި ޤައުމުގައި ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓަރސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދާ ޕެރޭޑެއް ކަމަށެވެ.

އަދި ގިނަ ފަހަރު ހުށަހެޅުންތައް ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ފަހަރުގައި އެ ދޭ މެސެޖް އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއްވެސް ހުރެދާނެކަން އެނގޭ ސަބަބަކީ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހީންނަށް ފަހުމުވުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

"އެހެންނަމަވެސް މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމެޓީއާއި ކައުންސިލްގެ ފަރާތުން އަންނަނީ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ." މޭޔަރު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

މޭޔަރު ވިދާޅުވީ، ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުރިއަށްއޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑް ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިއުންތައް ތައްޔާރުކޮށް އާންމުކުރުމަކީ ވަރަށް ބޮޑު އެދުމެއްކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355