twitterviber whatsapp telegramfacebookyoutube instagram
28th February 2026

ރާއްޖެ އިޝްތިހާރުކުރަން ގިނަ ހަރަކާތްތަކެއް

ޚަދީޖާ އާދަމް
Jul 14, 2022

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މިއަހަރު އިތުރު 20 ހަރަކާތެއްގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ. އެގޮތުން ބައިވެރިވާން ނިންމާފައިވާ 20 ހަރަކާތަކީ ދުނިޔޭގެ އެކި ގައުމުތަކާއި އެކި ބައްރުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއްގަ އެވެ.

އެގޮތުން އަހަރުގެ ބާކީ ދުވަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، އެމެރިކާ، ކެނެޑާ، ޖަރުމަން، ސްޕެއިން، ފްރާންސް، ސްވިޒަލޭންޑް، އިޓަލީ އަދި އިނގިރޭސިވިލާތުގަ އެވެ.

އެމްއެމްޕީއާރްސީން ވަނީ މިއަހަރުގެ މިހާތަނަށް ވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ފެއާތަކާއި ރޯޑް ޝޯތަކުގައި ބައިވެރިވުމާއި، ދުނިޔޭގައި ފާހަގަކުރެވޭ މީހުން ރާއްޖެ ގެނެސް އެމީހުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުން ހިމެނެ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 838،225 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުގެ 50 ޕަސަންޓް މިހާރު ވަނީ ހާސިލްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355