twitterviber whatsapp telegramfacebookyoutube instagram
27th March 2026

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިއްޖެ

ޚަދީޖާ އާދަމް
Jul 16, 2022

އެއާޕޯޓް ޑިވެލޮޕްމެންޓް (އޭޑީއެފް) ފީ ގެ ގޮތުގައި އަހަރުގެ މިހާތަނަށް 400 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައި ވަނީ ރާއްޖެ އިން ބޭރުން ފުރާ މީހުންގެ އަތުން ނަގާ ފީ މި އަހަރުގެ ޖެނުއަރީން ފެށިގެން ބޮޑުކުރުމުންނެވެ.

އެގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނީ 200 މިލިއަން ރުފިޔާ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މި އަހަރު 760 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މިދިޔަ ހަ މަހަށް ބަލާއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަށް، މި އަހަރު އަންދާޒާކުރި އާމްދަނީގެ ގޮތުގައި 50 ޕަސެންޓް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ސާވިސް ޗާޖު ނެގުން ހުއްޓާލައި، ޑިޕާޗާ ޓެކްސް ވަނީ ނަގަން ފަށައިފި އެވެ. މި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ބުނެފައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތަށް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެކެވެ. އެ ޓެކްސް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355