twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިޔާއަށް ވަޑައިގަންނަވަނީ

ޚަދީޖާ އާދަމް
Jul 16, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ ވެރިރަށް ދިއްލީއަށް ރަސްމީދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އެހެން އިސްވެރިންނާ ބައްދަލުކޮށް ވިޔަފާރި އާއި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ރަނގަޅު ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.

އަދި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުން އިންޑިއާގެ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި މުމްބާއީއަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ. ރައީސް 2018ވަނަ އަހަރުވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355