twitterviber whatsapp telegramfacebookyoutube instagram
5th October 2026

10 އަހަރުތެރޭ 6،385 ބިދޭސީ ޓީޗަރުންނަށް ހުއްދަ ދިން

ޚަދީޖާ އާދަމް
Jul 17, 2022

ފާއިތުވި 10 އަހަރު 6،385 ބިދޭސީ ޓީޗަރުންނަށް ރާއްޖޭގައި މަސައްކަތް ކުރަން ހުއްދަ ދީފައިވާ ކަމަށް ހާމަކޮށްފި އެވެ.

މިމުއްދަތުގައި އެންމެ ގިނަ ޓީޗަރުން ގެނެސްފައިވަނީ އިންޑިއާ އިންނެވެ. ދެން އެންމެ ގިނަ ޓީވަރުން ގެނެސްފައިވަނީ ލަންކާއިންނެވެ.

ޓީޗާސް ރިސާޗާ ގުރޫޕުން ކުރި ދިރާސާއަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 6،385 ބިދޭސީ ޓީޗަރުންނަށް ހުއްދަ ދީފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އިންޑިޔާއިން 5،592 ޓިޗަރުން އަދި ލަންކާ އިން 325 ޓީޗަރުން ގެނެސްފައިވެ އެވެ.ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ބިދޭސީ ޓީޗަރުންނަށް 24.7 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުގެ 214 ސްކޫލުގައި 6،490 ދިވެހި ޓީޗަރުން ތިބިއިރު 1،708 މީހުންނަކީ ބިދޭސީ ޓީޗަރުން ތިބި ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293