twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސިއްހީ ދާއިރާގެ ފަންނީ ވަޒީފާތަކަށް ބިދޭސީން ހޯދަނީ

ޚަދީޖާ އާދަމް
Jul 18, 2022

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބިދޭސީން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ހޯދަން އިއުލާންކޮށްފައިވާ ފަންނީ މީހުންގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި އަދި ލެބޯޓަރީ ޓެކްނީޝަނުން ހިމެނެ އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދާ ހާއްސަ ބަލިތައް

- އެނެތެޓިސްޓް: 8
- ގައިނޮކޮލޮޖިސްޓް: 4
- ރޭޑިއޮލޮޖިސްޓް: 8

ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި ދޭން ނިންމާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 30،990 ރުފިޔާއާއި އެކޮމޮޑޭޝަން އެލަވަންސަށް 7،000 ރުފިޔާ އާއި ފުޑް އެލަވަންސަށް 2،400 ރުފިޔާ އެވެ.

މީގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށް މެޑިކަލް އޮފިސަރުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ފަންނީ އިތުރު ވަޒީފާތައް

މެޑިކަލް އޮފިސަރުން: 12
ޑެންޓަލް އޮފިސާސް: 3
ލެބޯޓަރީ ޓެކްނީޝަން: 5
ރޭޑިއޯގްރަފާ: 3

މެޑިކަލް އޮފިސަރުންނާއި ޑެންޓަލް އޮފިސަރުންގެ އަސާސީ މުސާރައިގެ ގޮތުގައި 15،090 ރުފިޔާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 275 ރުފިޔާގެ ސާވިސް އެލަވަންސެއްގެ އިތުރުން އެކޮމޮޑޭޝަން އެލަވަންސަށް 3،000 ރުފިޔާ އަދި ފުޑް އެލަވަންސަށް 1،800 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

ރޭޑިއޯގްރަފާ އަދި ލެބޯޓަރީ ޓެކްނީޝަނުންގެ އަސާސީ މުސާރައަކީ 5،610 ރުފިޔާ އެވެ. އެމީހުންގެ ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ކަނޑައަޅާފައިވާއިރު، އެކޮމޮޑޭޝަން އަށް 3،000 ރުފިޔާ އަދި ފުޑް އެލޮވެންސަށް 1،800 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

ހެލްތު މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި ބުނެފައި ވަނީ މި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 24 ވަނަ ދުވަސް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355