twitterviber whatsapp telegramfacebookyoutube instagram
17th December 2025

ރާއްޖެ އިޝްތިހާރުކުރަން އިންޑިޔާގެ ޓްރެވަލް އޭޖެންތުންގެ ޓީމެއް ގެނެސްފި

ޚަދީޖާ އާދަމް
Jul 19, 2022

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އިންޑިއާގެ ޓްރެވަލް އެޖެންޓުންގެ ޓީމެއް އެމްއެމްޕީއާރުސީ އިން ގެނެސްފި އެވެ.

މި ޓްރެވަލް އެޖެންޓުންގެ ޓީމުގައި ހިމެނެނީ މޭކްމައި ޓްރިޕް އާއި ނެވާލިންކްސް އާއި އެސްއެފްވެކޭޝަންގެ އިތުރުން އަދި ހޮލިޑޭ ކާމާގެ މެންބަރުންނެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންޓުންގެ ޓީމެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި މީހުން ރާއްޖޭގައި ކުރާ ދަތުރުގައި ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް ތަޖުރިބާކާރު ކުރާނެ ކަމަށެވެ.

މި މީހުން ރާއްޖޭގައި ތިބެން ހަމަޖެހިފައިވަނީ ގްރޭންޑް ޕާކް ކޮންދިއްޕަރުގެ އިތުރުން ކޮރޮސްރޯޑް މޯލްޑިވްސް އާއި ހައިޑަވޭ ބީޗް ރިސޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355