twitterviber whatsapp telegramfacebookyoutube instagram
13th August 2026

ލަންޑަންގެ ސަރަހައްދުތަކުގައި ރޯވޭ އަނދަނީ

ނަބީލާ އިސްމާޢީލް
Jul 20, 2022

އިނގިރޭސިވިލާތަށް އާދަަޔާ ހިލާފަށް ހޫނުވަމުން ދަނިކޮށް، ވެރިރަށް ލަންޑަންގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ، ފަޔާާ ބްރިގޭޑުން ހަރަކާތްތެރި ވާން ފަށައިފި އެވެ.

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގައި ރޯވި އަލިފާން ގަނޑުގެ އަސަރު ގެތަކަށްކޮށް ބައެއް ގެތަކުގައި އަލިފާން ރޯވެފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ލަންޑަންގެ ބައެއް ގެތަކުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ރޯވެފައިވާ ސަރަހައްދުގައި ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ޔޫރަޕްގެ ބޮޑު ބަޔަކަށް މި އަހަރުގެ ހޫނު މޫސުމުގައި އާދަޔާ ހިލާފަަށް ހޫނުގަދަވެ ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ވަނީ ދިމާވެފަ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގައި އިއްޔެ ހޫނުމިން ހުރީ 38.1 ޑިގްރީ ސެލްސިއެސްގަ އެވެ. މިއީ ލަންޑަންގެ ތާރީޚުގައި ހޫނުމިން ތިން ވަނަ އަށް އެންމެ މައްޗަށް ދިޔަ ދުވަހެވެ. މިއަދުގެ ހޫނުމިން 40 ޑިގްރީ އަށް ވަނީ މައްޗަށްގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355