twitterviber whatsapp telegramfacebookyoutube instagram
9th August 2026

މިމަހު ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް 4431 ފަތުރުވެރިން ޒިޔާރަތް ކުރޭ

ޚަދީޖާ އާދަމް
Jul 20, 2022

މި މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް ދުވާލަކު 4431 އަށް އަރައިފިއެވެ.

ރާއްޖޭގައި އެވްރެޖްކޮށް ފަތުރުވެރިން މަޑުކުރާ މުއްދަތުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެ މުއްދަތު މިހާރު ހުރީ 8.1 ދުވަހުގައެވެ. މި އަހަރު ފެށުނު އިރު އެ ނިސްބަތް ނުވަ ދުވަހުގައި ހުރުމަތް ފަހު، މިދިޔަ މޭ މަހު 7.2 ދުވަހަށް ވެއްޓުނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާރު އެވްރެޖްކޮށް ފަތުރުވެރިން އަންނަ އަދަދަކީ ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ރޭޓު ހުރި ވަރަށް ވުރެ މަތީ އަދަދެކެވެ. އެ އަހަރުގެ ޖުލައިމަހު، ދުވާލަކު އެވްރެޖްކޮށް އައީ 4179 ފަތުރުވެރިންނެވެ.

މި މަހުގެ މިހާތަނަށް 79،749 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިންޑިއާއިންނެވެ. އެގައުމުގެ ފަތުރުވެރިން ޖުމްލަ އަދަދުގެ 14.7 އިންސައްތަ ހިއްސާ ކުރެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިނގެރޭސިވިލާތުން ހިއްސާކުރަނީ މާކެޓުގެ 11.7 އިންސައްތައެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އައި ހީނަރުކަމަށް ފަހު ރަޝިޔާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އަލުން އިތުރުވާން ފަށާފައެވެ. އެ މާކެޓުގެ ހިއްސާ ނުވަ އިންސައްތައަށް ވެއްޓުމަށް ފަހު، މިހާރު ވަނީ 10.4 އިންސައްތައަށް މަތިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355