twitterviber whatsapp telegramfacebookyoutube instagram
30th September 2022

މަންކީޕޮކްސް ސިއްހީ އިމަޖެންސީއެއް ގޮތުގައި ކަނޑައަޅައިފި

ޚަދީޖާ އާދަމް
Jul 24, 2022

އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު، ފެތުރެމުންދާ މަންކީޕޮކްސްއާ ގުޅިގެން މުޅި ދުނިޔެ އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން އިއުލާން ކޮށްފި އެވެ.

އެގޮތުން މިހާތަނަށް 75 ގައުމަކުން 16،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނަރަލް ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވި އެވެ. ޖަމިއްޔާއިން ބުނީ މި ބައްޔަކީ "ގްލޯބަލް އެމަޖެންސީ"އެއްކަމަށާއި މި ބައްޔާ މެދު ގައުމުތަކުން ސަމާލުވުމަށް އެދޭކަމަށެވެ.

ޓެޑްރޮސް ވިދާޅުވި ގޮތުގައި މަންކީޕޮކްސް ފެތުރެނީ ޖިންސީ ގުޅުމުންކަން މިހާރު ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި މިބަލި ވަރަށް އާންމު ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޖަމިއްޔާއަށް އިއުލާން ކުރެވޭ އެންމެ މަތީ އެލާޓް ނެރުނީ އެ ޖަމިއްޔާ އިން ބުނާ ގޮތުގައި ވަރަށް ގިނަ ގައުމުތަކުގައި މަންކީޕޮކްސްގެ ކޭސްތައް ބާރު ސްޕީޑެއްގައި އިތުރުވަމުން ދާތީ އެވެ. އެގޮތުން ޔޫރަޕުގައި މަންކީޕޮކްސް ނުރައްކާ ވަރަށް ބޮޑު ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ.

އެ ބަލީގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1950 ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355