twitterviber whatsapp telegramfacebookyoutube instagram
29th May 2026

މަންކީޕޮކްސް ޓެސްޓްކުރަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް 250 ކިޓް ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Jul 31, 2022

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް ބޭނުންވާ 250 ޕީސީއާރު ޓެސްޓް ކިޓް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް ބޭނުންވާ 250 ޕީސީއާރު ޓެސްޓް ކިޓް ލިބިފައިވާ ކަމަށާއި އިތުރު ކިޓް ހޯދުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާ އެކު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ކިޓް ރާއްޖެއަށް ލިބޭނެ ކަމަށާއި ރާއްޖެއިން އެ ބައްޔަށް ޝައްކުކުރެވޭ ކޭސްތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ކޭސް އިންވެސްޓިގޭޓްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަންކީޕޮކްސްއާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފަ އެވެ.

މިނިސްޓްރީން ބުނީ އެ ޖަމިއްޔާއާ ގުޅިގެން މަންކީޕޮކްސް ޕީސީއާރު ޓްރެއިނިން ދިނުމަށް މާދަމާ ވާޗުއަލް ސެޝަނެއް ވެސް ބާއްވާނެ އެވެ. އެ ޓްރެއިނިން ނިމުމާ އެކު މަންކީޕޮކްސް ޓެސްޓްތައް ހަދަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355