twitterviber whatsapp telegramfacebookyoutube instagram
17th September 2024

އެމްޕޮކްސް ފެތުރޭތީ ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ނަބީލާ އިސްމާޢީލް
Aug 15, 2024

އެމް-ޕޮކްސް ވައިރަސް ހަލުއިކަމާއެކު ގައުމުތަކުގައި ފެތުރެން ފެށުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެވްއޯ) އިން އިއުލާނުކޮށްފިއެވެ.

މަކުނުގެ ފަރާތުން އިންސާނުންނަށް ވާރުތަވެފައިވާ އެމް-ޕޮކްސް އަކީ ހަށިގަނޑު ފާރުވެ، އެކި ވަރުގެ ޒަހަމްތައް ކުރިމަތިކުރުވާ ވަރަށް ބޮޑަށް ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި މިހާރުވަނީ އެފްރިކާގެ 13 ގައުމަކުން ފެނިފައެވެ. އެގޮތުން އެފްރިކާގެ ރިޕަބްލިކް އޮފް ކޮންގޯއިން އެކަނިވެސް 13،700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 450 މީހުން ވަނީ މަރުވެފަ އެވެ.

އެމްޕޮކްސް އަކީ މައިގަނޑު ގޮތެއްގައި އިންސާނުންނާއި ޖަނަވާރުންނަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. އެއީ "އޯތޮޕޮކްސްވައިރަސް ޖީނަސް" ގެ ގޮތުގައި ގިންތިކޮށްފައިވާ ވައިރަހުގެ ގުރޫޕަށެވެ. މިއީ އާންމުގޮތެއްގައި ޕޮކްސް ފަދަ ބައްޔެއް ޖެހުމަށް މަގުފަހިވާ ވައިރަހެކެވެ. އޭގެ ސަބަބުން ހަންގަނޑުގައި އުފުލިފައިވާ ބަމްޕްސް ނުވަތަ ބްލިސްޓަރސް ހުންނަ ރެޝް އުފެދެއެވެ. ގިނަ ފަހަރަށް ބަމްޕްތައް ފުރިފައި ހުންނަނީ ފްލުއިޑް ނުވަތަ ޕޫސް އިން ކަމަށާއި، އެންމެ ފަހުން ކްރަސްޓްކޮށް ރަނގަޅުވެދާނެކަމަށެވެ.

އެމްޕޮކްސްއަކީ މަންކީޕޮކްސް ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ވައިރަސް އެއްމެފުރަތަމަ ފެނިފައިވަނީ 1958 ވަނައަހަރު ޕޮކްސް ގެ އައުޓް ބްރޭކެއް ތަހުލީލުކުރުމުގެ ތެރޭގައި މަކުނެއް ގެ ހަށިގަނޑުންނެވ. އޭގެ ފަހުން އެއްމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން މިވައިރަސް ފެނިފައިވަނީ 1970 ވަނަ އަހަރު ކޮންގޯއިންނެވެ.

އެމް-ޕޮކްސް ވައިރަސް އިންސާނުންނަށް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރަކާ ނުވަތަ މީހެއްގެ ފަރާތުންނެވެ.

އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، އަތާއި ފަޔާއި އަދި ހަށިގަނޑުގެ އެހެނިހެން ތަންތަނުން ފެންނަ ތަފާތު ރިއްސުން ތައް، ރިހުން ރަނގަޅުވުމުގެ ކުރިން ޕުސްޓޫލްސް އާއި ސްކޭބް އުފައްދައެވެ. ހުދު ނުވަތަ ރީނދޫ ކުލައިގެ ބޮޑެތި ޕިމްޕަލްއެއް ހެން ހީވާ ޕުސްޓޫލް އުފެދުން ހިމެނެ އެވެ.

އާއްމުގޮތެެއްގައި ބަލި ރަނގަޅުވުމަށް ދެހަފްތާއާއި ހަތަރު ހަފްތާ ނަގާނެއެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަން ތިން ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެނުމުގެ އެއް ދުވަހާއި ހަތަރު ދުވަސް ކުރިން އެހެން މީހުންނަށް ބަލި ފެތުރެން ފަށާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355