twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑިމޮކްރެސީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަޖިލީހުން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް

މުބާރާތުގެ 1 ވަނަ އަށްދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެ ވަނީ ކަނޑައެޅިފަ.

ނަބީލާ އިސްމާޢީލް
Jul 24, 2022

ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީސް އިދާރާއިން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އުމުރު ފުރާތަކަކަށް ބަހާލައިގެންނެވެ.

ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 2:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަޖިލީހުގެ އިދާރާއިން ބާއްވަން ނިންމާފައިވާ މި ދެމުބާރާތުގައިވެސް ފައިސާގެ އިނާމު ލިބޭ ގޮތަށް ވަނީ އިއުލާނުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

"ރައްޔިތުންގެ ވެރިކަން - ރައްޔިތުންގެ މަޖިލީހުގެ ދައުރު" މި ތީމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މަގުސަދަކީ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ދެ މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް 4000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ދެ މުބާރާތައް ވެސް ފައިސާގެ އިނާމު ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ.

މީގެ އިތުރުން ވަކިވަކި އުމުރުފުރާތަކުން ވެސް ވަނަ ހޮވާނެ ކަމަށް މަޖިލީސް އިދާރާއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355