twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ބޮޑެތި އާބާދީތަކަށް އެކަށީގެންވާ ތަރައްގީގެ އައިސްފައެއް ނެތް: ޔާސިރު

ނަބީލާ އިސްމާޢީލް
Jul 25, 2022
4

މި ސަރުކާރުން މިހާތަނަށް އައިއިރު ބޮޑެތި އާބާދީތަކަށް އެކަށީގެންވާ ތަރައްގީ ގެނެވިފައިނުވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތިދުވަހު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޔާސިރު ވިދާޅުވީ، މިހާ ހިސާބަށް އައިރު ރާއްޖޭގެ ބޮޑެތި ރަށްތަކަށް އެކަށީގެންވާ ތަރައްގީއެއް އައިސްފައިނުވާ ކަމަށެވެ.

"މިހާ ހިސާބަށް އައިރު ރާއްޖޭގެ ބޮޑެތި ރަށްތަކަށް ބައްލަވާލައްވާ، ކުޅުދުއްފުށި، ތިނަދޫ، ފުއައްމުލަކު، އައްޑޫ މިތަންތަނަށް އަސްލުގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި އެކަށީގެންވާ ތަރައްގީއެއް އައިސްފައެއް ނެތް." ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރެއްކަމުގައިވާ ޔާސިރު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ، ބޮޑެތި އާބާދީތަކަކަށް ތަރައްގީ ގެނެވިފައިނުވިނަމަވެސް ކުދި އާބާދީތަކަށް ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެ ކަމަށެވެ. ނަރުދަމާ އެޅުމާއި ފެނުގެ ހިދުމަތާއި އިންޖީނުގެ ތައް އެޅުން ފަދަ ގިނަ ޕްރޮޖެކްޓްތަކެއް ކުދި ރަށްތަކުގައި ހިންގިފައިވާކަން ޔާސިރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355