twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނަރުދޫ އަތުން ފޯކައިދޫއާއި ފުނަދޫއަށް ވެސް ފަސޭހަ މޮޅެއް

މުޙައްމަދު އަހުމަދު
Jul 25, 2022

އެމްޓީސީސީ ނޯތު ލީގު/ދެވަނަ ޑިވިޝަންގެ ގްރޫޕް ބީގައި ފުނަދޫ އަދި ފޯކައިދޫއިން ވެސް ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ނަރުދޫ ބަލިކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ނަރުދޫގެ ރަމްޒު ސްޕޯޓްސް އެކަޑަމީގެ މައްޗަށް ފޯކައިދޫއިން ކުރި ހޯދީ 8 - 2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފޯކައިދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މެޗުގައި ފޯކައިދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ރިޝްވާނާއި އަހްމަދު ރިޝްވާން އެވެ. އަދި އިބްރާހިމް މުޝީރުގެ ހެޓްރިކެއް ފެނިގެންދިޔައިރު ފޯކައިދޫގެ އަބްދުލް މާލިކް ވަނީ ދެލަނޑު ޖަހާފަ އެވެ. އަދި އެޓީމުގެ ހަމްދޫން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ނަރުދޫގެ ދެލަނޑު ޖަހައިދިނީ އަލީ ރަމްޒީއާއި ހުސެއިން ހަލީމެވެ. މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފޯކައިދޫގެ ޓީމަށް ވަނީ ދެ ޕެނަލްޓީ ވެސް ލިބިފަ އެވެ. އަދި ހާއްސަކޮށް މިމެޗުގައި ފޯކައިދޫގެ އިބްރާހިމް މުޝީރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީން ނަރުދޫ ބަލިކުރީ 7 - 0 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ނަރުދޫގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު ފުނަދޫން ވަނީ މޮޅު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފަ އެވެ.

މެޗުގައި ފުނަދޫގެ މުހައްމަދުގެ އަގީލްގެ ހެޓްރިކެއް ފެނުނުއިރު އަލީ ރިޒްވީން ވަނީ ދެލަނޑު ޖަހާފަ އެވެ. އަނެއް ދެލަނޑު ޖަހައިދިނީ އަބްދުﷲ ޒަމީންއާއި އިބްރާހިމް ސައީދެވެ.

މިގްރޫޕުގެ ފަހުމެޗުގައި މިމަހުގެ 27 ވަނަ ދުވަހު ފޯކައިދޫން އަމިއްލަ ދަނޑުގައި ނުކުންނާނީ ފުނަދޫއާ ދެކޮޅަށެވެ. މިމެޗު ފަށާނީ އެދުވަހު ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355