twitterviber whatsapp telegramfacebookyoutube instagram
5th October 2026

ކުރިއަށްއޮތް ހަފްތާ މުޅި ރާއްޖެއަށް މޫސުން ގޯސް: މެޓް

ޚަދީޖާ އާދަމް
Jul 28, 2022

ހުކުރު ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން މިއަދު ބުނެފި އެވެ.

މެޓުން ބުނީ މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށެވެ. އަދި އެވްރެޖްކޮށް ވައި އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނެއްގައި ކަމަށެވެ.

މާދަމާ ވެސް މޫސުން އޮންނާނީ ބަނަކޮށް ކަމަށް މޫސުމާ ބެހޭ އިދާރަ އިން ލަފާކުރެ އެވެ. މާދަމާ މޫސުން ރަނގަޅުވި ނަމަވެސް ހުކުރު ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293