twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ދިރާސީ އާ އަހަރު ސްކޫލު ހުޅުވެން ވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓްރީ

Jul 28, 2022

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ޓީޗަރުންނާއި ފޮތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބައެއް ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ނުފޮނުވި އެބަހުރި ކަމަށާއި އެ ފޮތްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ޗާޕް ކުރަނީ ގުރޭޑް 8 އިން ފެށިގެން ދަށް ގުރޭޑް ތަކުގެ ކުދިންގެ ފޮތްތަކެވެ. ގުރޭޑް 9 އިން ފެށިގެން 12 ވަނަ ގުރޭޑާ ދެމެދުގައި ކިޔަވާ ދަރިވަރުންނަށް ފޮތް ޗާޕް ކުރަނީ އެ ދަރިވަރުންގެ ޖުމްލަ އާބާދީގެ 15 ޕަސަންޓަށް ވާވަރަށެވެ. މަތީ ގުރޭޑް ތަކުގެ ދަރިވަރުންގެ ފޮތްތައް ޑިޖިޓަލްކޮށް ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް ފޮތްތައް ލިބޭނެ އިންތިޒާމު ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މިއަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު މިޑް ޓާމަށް ސްކޫލުތައް ބަންދު ވާނީ އޮކްޓޫބަރު ނުވަވަނަ ދުވަހަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.

އޮގަސްޓްގައި ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355