twitterviber whatsapp telegramfacebookyoutube instagram
7th April 2026

ދިއްދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފި

ޚަދީޖާ އާދަމް
Jul 30, 2022

ހއ ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށާއި މީގެ އިތުރުން އާ ހާބަރު ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355