twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.9 ބިލިއަން ރުފިޔާގެ ފައިދާއެއް

ނަބީލާ އިސްމާޢީލް
Jul 30, 2022

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ދެވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުގައި، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު އިތުރުވެފައިވުމެވެ.

"ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 11 މިލިއަން ރުފިޔާ ދަށްވެފައި. މިއީ ދެ އިންސައްތައިގެ ދަށްވުމެއް. މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން އިތުރުކޮށްފައިނުވުން". އެސްޓީއޯއިން ބުނެފައި ވެއެވެ.

ކުންފުނީގެ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާއާއި އަޅާބަލާއިރު ދަށްވިކަމުގައި ވީނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ. މިއީ، އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ.

އޭގެ މައިގަނޑު ސަބަބަކީ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާއަކީ 188 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ހަ އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އޭގެ މައިގަނޑު ސަބަބަކީ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުމުން ކަމަށެވެ. އަދި އޭގެ އިތުރުން ކުންފުނީގެ ސަބްސިޑަރީތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓް އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 10 އިންސައްތަ ދަށްކުރެވިފައި ކަމަށް ބުނެފައި ވެއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ދެވަނަ ކުއާޓަރުގައިި އެސްޓީއޯއަށް ލިބުނު ސާފު ފައިދާއަކީ 155 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355