އުރީދޫއިން މި ފަހަރުގެ ބޮޑު ޗުއްޓީއަށް ހާއްސަކޮށް ޑޭޓާ ޕެކޭޖެއް ތައާރަފުކޮށްފި އެވެ. އެންމެ 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭ އެ ޕްރޮމޯޝަންގެ ދަށުން ލިބޭ ޑޭޓާ ތިން ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެއެވެ.
އިއްޔެ ފެށި އެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅައިގެން އެ ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ. މިގެ އިތުރުން، 100GB ޖަހާފަ 5555 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެ ޕެކޭޖް އެކްޓިވޭޓް ވާނެއެވެ.
އެ ކުންފުނިން ބުނީ މި ޕެކޭޖަކީ ބޮޑު އީދު ބަންދާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް ކަަމަށެވެ.
"މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ހިއްސާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ހާއްސަ އޮފާ ކަމުދާނެކަމަށް އުއްމީދުކުރަން،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.