އިންދިރާ ގާންދީމެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިންނަ އެންޔޫ ހޮސްޕިޓަލްގެ ނޭޝަނަލް ޔޫރޮލޮޖީ ރެނަލް އެންޑް ފާޓިލިޓީ ސެންޓަރު (އެންޔޫ-އާރުއެފް)ގެ ދެ ސުޕަރ ސްޕެޝަލިސްޓުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ބަލި މީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.
ކޭއާރުއެޗްގެ މީޑިއާ އޮފިޝަރު މުހައްމަދު މޫސާ، ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަހު 9 ން 11 އަށް އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލަން ހަމަޖެހިފައިވަނީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ކަމަށެވެ.
Specialists in the area of Nephrology & Urology based in the National Urology Renal and Fertility Centre (NU-RF) operated by @NUHospitals under the c/o @igmhmv will be consulting at KRH 9 - 11 Aug 22. For appointments, pls call 6528864 (1600 - 0600hrs)@presidencymv
— Kulhudhuffushi Regional Hospital (@KRHmv) July 31, 2022
📷 @igmhmv pic.twitter.com/XkcxO3d86o
އޭނާ ވިދާޅުވީ މިއީ އައިޖީއެމްއެޗަށް ނުގޮސް މި ސަރަހައްދުގެ މީހުންނަށް ޑޮކްޓަރަށް ދައްކާލާ ރިޕޯޓްތައް ދައްކާލުމުގެ އިތުރުން ބޭސް ސިޓީ ލިއުމާއި ބަލި ހާލަތު ދެނެގަތުމަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ހިދުމަތެއް ކަމުގަ އެވެ.
މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ހަވީރު 16:00 ން ހެނދުނު 06:00 އަށް 6528864 ނަންބަރު ފޯނަށް ގުޅާ އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ މި ދާއިރާތަކުން ގަވައިދުން މި ހޮސްޕިޓަލަށް ޑޮކްޓަރުން ޒިޔާރަތް ކުރާކަމަށާއި ކޭއާރުއެޗުގައި ޑޮކްޓަރުން ނެތް ދާއިރާތަކުން މިގޮތަށް ޑޮކްޓަރުން ގެނެއުމުގެ މަސައްކަތް ކުރާކަމަށެވެ.
ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން އެންމެ ފަހުން ކޭއާރުއެޗުގައި ބަލާފައިވަނީ މިދިޔަ މާޗް މަހުގަ އެވެ. އެ ކޭމްޕުގައިވެސް ޖުމްލަ 150 ބަލި މީހުން ބަލާފައިވެ އެވެ.