twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަހަރުތަކަކަށްފަހު ހދ އަތޮޅު ތައުލީމީ މަރުކަޒަށް ވެރިން ހަމަވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 10, 2022

ގިނަ އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މަތީ މަގާމުތަކަށް ވެރިން ހަމަކޮށްފި އެވެ. އެ ސްކޫލުގެ އެންމެ މަތީ މަގާމުތައް ހުސްކޮށް ނުވަތަ ހަމަނުކޮށް އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

މިއީ ފާއިތުވި 12 ވަރަކަށް އަހަރު ފަހުން އެ ސްކޫލްގެ އެންމެ މަތީ މަގާމުތަކަށް ވެރިން ހަމަވި ފުރަތަމަ ފަހަރެވެ. އަބަދުވެސް ބޮޑު އާބާދީއެއް އޮންނަ އެ ސްކޫލުގެ މަތީ މަގާމުތަކުގައި ހުންނަވަނީ އެންމެ ބޭފުޅެކެވެ.

ޕްރިންސިޕަލެއް ހުންނެވި ނަމަ ޑެޕިއުޓީއެއް ނުހުންނާވާނެ ނުވަތަ އެޑްމިނިސްޓްރޭޓަރެއް އެކަނި ހުރެގެންވެސް އެ ސްކޫލް ފާއިތުވި އަހަރުތަކުގައި ހިންގާފައިވެ އެވެ.

އާންމުކޮށް އެ ސްކޫލުގައި ހިންގަމުންގޮސްފައިވަނީ ވަގުތީގޮތުން އެކި ބޭފުޅުންނާ ހަވާލުކުރައްވައިގެންނެވެ. އެކަމަކު މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިމެނިކޮށް ދާއިމީ ޕްރިންސިޕަލެއް ލިބުނެވެ. އަދި ފަހުން އެޑްމިނިސްޓްރޭޓަރއެއް ވެސް ހަމަޖެހިގެން ދިޔަ އެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު އެ ސްކޫލަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ޑެޕިއުޓީ ޕްރިންސިޕަލެއް ހަމަޖެހިގެންދިޔުމެވެ. ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ހުސްކޮށް އޮންނަތާ އެތަކެއް އަހަރަކަށްފަހު އެ މަގާމު ލިބިވަޑައިގެންނެވީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުންގެންދާ އަލީ އިސްމާއިލަށެވެ.

އަލީ އިސްމާއިލަކީ ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވަމުންގެންދަވާ ފަރާތެކެވެ. އޭނާ ވަނީ ރާއްޖެ އެކި ސްކޫލުތަކުގައި މަތީ މަގާމުތައްވެސް ފުރުއްވާފަ އެވެ. އެންމެ ފަހުން އޭނާ ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޓަރާއެއްގެ މަގާމުގައި އެވެ. އަލީ އިސްމާއިލަކީ ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިއަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހާހެއްހާ ދަރިވަރުން ތައުލީމް ހާސިލުކުރާއިރު ޖުމްލަ 95 ޓީޗަރުން މަސައްކަތްކުރައްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355