twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ބަނގުރާ ފުޅިތަކެއް ނައްތާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 8, 2022

އެކި މައްސަލަތަކުގައި ހއ އަދި ހދ އަތޮޅުން ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ މިއަދު ނައްތާލައިފި އެވެ.

މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަނުންގައި ނައްތާލައިފައިވާ ބަނގުރަލަކީ 25 އޮގޯސްޓް 2021 - 27 މެއި 2022 ވަނަ ދުވަހާ ހަމައަށް އަތުލައިގަނެފައިވާ ބަނގުރަލެވެ.

މިއަދު ނައްތާލާފައިވަނީ 255 ފުޅި ބަނގުރަލާއި 20 ދަޅު ބިޔަރެވެ. މިތަކެތި ނައްތާލާފައިވަނީ ނޫސްވެރިންގެ ހާޒިރުގައި އެވެ.

ފުލުހުން ބުނީ މިއަދު ނައްތާލި ބަނގުރާ ފުޅިތަކަކީ ރާއްޖޭގެ އައުމަށްފަހު އެބުރި ދާ ޓޫރިސްޓްގެ އަތުން ހިފަހައްޓާފައިވާ ބަނގުރާ ކަމަށެވެ.

މިގޮތަށް އެނބުރި ގައުމަށްދާ ޓޫރިސްޓުން އަތުން ވަރަށް ގިނައިން ބަނގުރާ އަތުލައި އެވެ. މިއަދު ނައްތާލާފައިވާ ބަނގުރަލަކީވެސް މިގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޭވިއޭޝަން ކޮމާންޑްގެ ބެލުމުގެ ދަށަށް ގެނެވިފައިހުރި ބަނގުރަލުގެ ތެރެއިން ފުލުހުންނާ ހަވާލުކޮށްފައިހުރި ރަލެވެ.

މިއަދު ނައްތާލި ބަނގުރަލުގެ ތެރެއިން 95 އިންސަތަ ރަލަކީ ހއ އަތޮޅުގެ ރިސޯޓްތަކުގެ ޓޫރިސްޓް އެނބުރި ގައުމަށްދަން މަސައްކަތްކުރާ ރަލެވެ.

ބަނގުރާ ނައްތާލުމުގެ ހަރަކާތުގައި ނޫސްވެރިންގެ އިތުރުން ހދ އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަޔާޒް އާއި ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބޫބަކުރު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355