އުރީދޫ ގެ އީ-ކޮމާސް ޕްލެޓްފޯމް، "މޫލީ" ގެ ހިދުމަތަށް ތިން އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.
މޫލީ އަކީ އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކާއި ކަސްޓަމަރުން ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހު ކުރީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު އެވެ.
މޫލީގެ ހިދުމަތަށް ތިން އަހަރު ވީއިރު، އެ ޕްލެޓްފޯމް މެދުވެރިކޮށް 20،000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ކޮށްދީފައިވެ އެވެ.
މޫލީގެ ތިން ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އުރީދޫން ބުނެ އެވެ
އެ ޕްލެޓްފޯމުން 18 ކެޓަގަރީއަކުން، 50 އަށް ވުރެ ގިނަ މަގުބޫލު ކުންފުނިތަކެއްގެ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގަ ހުރެގެން ވެސް ގަނެވޭނެ އެވެ. އޭގެ ތެރޭގައި، އިލެކްޓްރޯނިކް ސާމާނާއި ގެޔާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ފޮތާއި ސްޓޭޝަނަރީ އާއި ގޭމިން ޕްރޮޑަކްޓްސް އަދި އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތި ހިމެނެ އެވެ.
އުރީދޫން ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ވެސް މޫލީ މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގެ ވިޔަފާރިތަކާ ކަސްޓަމަރުން ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގަ ތިބެގެން ރައްކާތެރިކަމާއެކު ގަތުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެގޮތުން، ކަންމަތީ ފިހާރަތަކާއި ސުޕަމާކެޓް ފަދަ ކުދި ވިޔަފާރިތަކާއި މޫލީން ޕާޓްނަރުވި އެވެ.
ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް މޫލީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ދިރާސީ އާ އަހަރު ފެށުމާ ގާތްކޮށް މޫލީން ވަނީ ނޮވެލްޓީ ބުކްޝޮޕާއި ޕާޓްނަރުވެ "ބެކް ޓު ސްކޫލް" ކިޔާ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. އެ ޕްރޮމޯޝަންގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ބެލެނިވެރިންނަށް މޫލީ މެދުވެރިކޮށް ފޮތްލިސްޓަށް އެދުމުން ހުރި ހިސާބަކަށް ހިލޭ ޑެލިވަރީކޮށްދިނެވެ.
ފުޅާވަމުން އަންނަ އީ-ކޮމާސް އެ ޕްލެޓްފޯމް އިތުރަށް ފުރިހަމަކުރުމަށްޓަކައި އޮންލައިން ކޮށް ޕޭ ކުރެވޭ "އީޒީ ރިޓާންސް" އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެ އެވެ.