twitterviber whatsapp telegramfacebookyoutube instagram
11th September 2026

މަސްދުވަހުގެ މެދުކެނޑުމަށްފަހު ކޭއާރުއެޗުގައި ލޮލުގެ ހިދުމަތް ފަށައިފި، ވެއިޓް ލިސްޓްގައި 95 މީހުން

އަބްދުލް ވާހިދު ޙަސަން
Aug 10, 2022

އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ހިދުމަތް ހޯދައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކުގެ ޑޮކްޓަރެއްގެ ނެތި މަސް ދުވަހަށްފަހު އަލުން އެ ހިދުމަތް އިއްޔެ ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ލޮލުގެ ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ޖޫން 1 ގައި ވަޒީފާއިން ވަކިވެފައިވަނިކޮށް ދެން ހުންނެވި ޑޮކްޓަރަކު އިމެޖެންސީގައި ޗުއްޓީއަށް ދިޔުމުން ލޮލުގެ ހިދުމަތް މެދުކެނޑުނީ 6 ޖުލައިގަ އެވެ.

ސްކޫލް ކުދިންގެ ބަންދާ ދިމާކޮށް ލޮލުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ގިނަ ބައެއް ކަންބޮޑުވުންފާޅުކުރި އެވެ.

ކޭއާރުއެޗުން ބުނީ، ލޮލުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު، އިއްޔެ ހަވީރު އެ އެ ހިދުމަތް އަލުން ފެށިފައިވާކަމަށެވެ.

"އަޅުގަނޑުމެންނާއި އަލަށް ގުޅުނު ޑަކްޓަރާއި އަދި ވަގުތީ ގޮތުން ގެނެވުނު ޑަކްޓަރަކާއެކު ޖުމްލަ 2 ޑަކްޓަރުން އޯޕީޑީގެ ދެ ދަންފަޅީގައި ބައްލަވާނެ." ކޭއާރުއެޗުގެ ވައިބާ ގުރޫފަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.

ހޮސްޕިޓަލްގެ އަމާޒަކީ ވެއިޓް ލިސްޓްކޮށްފައި ތިބި ހުރިހާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖައްސައިދީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އާންމު ހާލަތްތަށް ގެނައުން ކަމަށެވެ. ލޮލުގެ ބަލިތަކަށް ދެއްކުމަށް 90 އަށްވުރެގިނަ މީހުން ވެއިޓް ލިސްޓްކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293