twitterviber whatsapp telegramfacebookyoutube instagram
14th April 2026

ގެބޯންގެ ސަރުކާރުން އަރުވާ މަތީ އިއްޒަތް ޝާހިދަށް

ނަބީލާ އިސްމާޢީލް
Aug 17, 2022

ގެބޯންގެ ސަރުކާރުން އަރުވާ އިއްޒަތް "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

މިނިސްޓަރު ޝާހިދަށް މި އިއްޒަތް އެރުވީ އިއްޔެ ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރިންނަށް އަރުވާ މި އިއްޒަތް ތައާރަފު ކުރެވުނީ 1971 ވަނަ އަހަރު އެވެ. މިނިސްޓަރު ޝާހިދު މިވަގުތު ގެބޮންގައި ހުންނެވީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މީގެ ކުރިން ވެސް މިނިސްޓަރު ޝާހިދަށް ވަނީ ބައެއް ގައުމުތަކުގެ މަތީ ޝަރަފާއި އިއްޒަތް އަރުވާފައެވެ. އެގޮތުން މިދިޔަ މަހު ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ މަތީ ޝަރަފާއި މިދިޔަ ޖޫން މަހު ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް މިނިސްޓަރު ޝާހިދަށް ވަނީ އަރުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355