twitterviber whatsapp telegramfacebookyoutube instagram
5th August 2026

ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ނަބީލާ އިސްމާޢީލް
Aug 17, 2022

ގދ. ތިނަދޫ ބޭރުން މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް އިން ރޭ ބުނީ މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއްދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

އޮޔާދާ އުޅަނދުތަކާއިމެދު ސަމާލުވުމަށް އެމްއެންޑީއެފް އިން ދޭތެރެދޭތެރެއިން އިލްތިމާސް ކުރެއެވެ. އޮޔާދާ މިފަދަ އުޅަނދުތަކަކީ އެއްވެސް އަލިކަމެއް ނުހުންނަ އުޅަނދުތައް ކަމަށް ވާތީ މިފަދަ އުޅަނދެއްގައި އެހެން އުޅަނދެއް ޖެހި މުޑިއަރައިފިނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355