twitterviber whatsapp telegramfacebookyoutube instagram
21st September 2026

އަފީފުއްދީން ސްކޫލްގެ ކެޕްޓަނަކަށް ޒަޔާން

Aug 19, 2022

އާ ދިރާސީ އަހަރަށް 2022-2023އަށް އަފީފުއްދީން ސްކޫލްގެ ޕްރިފެކްޓްބޯޑާއި، ސްކޫލުގެ ކުލަބުތަކުގެ އެކި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމުގެ ލިޔުމާއި، ސޭޝް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ބުރާސްފަތިދުވަހު ހެނދުނު ކުރިއަށްގެންދިޔަ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީނެވެ.

މިއަހަރު އެ ސްކޫލުގެ ކެޕްޓަނަކަށް ހޮވުނީ ގުރޭޑް ދިހައެއްގައި ތައުލީމް ހާސިލުކުރަމުންދާ މުހައްމަދު ޒަޔާން އަބުދުއްލަތީފެވެ. ދަރިވަރުން މަގާމުތަކަށް ހޮވިފައިވަނީ ކެމްޕޭނުކޮށް ބޭއްވުނު އިންތިހާބުގައި ގުރޭޑު 5އިން މަތީގެ ދަރިވަރުން ވޯޓުލައިގެންނެވެ

އާ ދިރާސީ އަހަރަށް އިފްތިތާހު ކުރެވުނީ ޕްރިފެކްޓް ބޯޑާއި، އިސްލާމް ކުލަބު، އަދަބީ ގުލްޒާރު، އިންގްލިޝް ލިޓެރަރީ އެސޯސިއޭޝަން، ހިޔުމަން ރައިޓްސް ކުލަބް، އެންވައިރޮންމެންޓް ކުލަބް، އާރޓް ކުލަބު، އަދި ސްޕޯޓްސް ކުލަބެވެ.

މީގެ އިތުރުން ސްކޫލުގެ 4 ހައުސްކަމަށްވާ، ޣާޒީ، އަމީނީ، ފަރީދީ އަދި މަޖީދީ ހައުސްގެ ކެޕްޓަނުންނާއި ވައިސްކެޕްޓަނުންނަށް ސޭޝްއަދި މަގާމުގެ ލިޔުންވެސް ހަވާލުކުރެވުނެވެ.

މި ރަސްމިއްޔާތުގައި ސްކޫލުތަކުގެ ވެރިންނާއި ޓީޗަރުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293