twitterviber whatsapp telegramfacebookyoutube instagram
5th September 2025

އުރީދޫ މަގޭ ޕަވާ ޕެކް 1 މަސް ދުވަހަށް، 500 ރުފިޔާއަށް 50 ޖީބީ

ނަބީލާ އިސްމާޢީލް
Aug 21, 2022

އުރީދޫއިން އެކި ފަހަރު މަތިން ވަކި މުއްދަތަކަށް ތައާރަފު ކުރާ ޕްރޮމޯޝަނަލް ޕެކޭޖުތަކެއް ކަމަށްވާ 'މަގޭ ޕަވާ ޕެކް'ގައި 500 ރުފިޔާއަށް 50 ޖީބީ ލިބޭ ޕެކޭޖެއް ހިމަނައިފިއެވެ.

މިއީ ކަސްޓަމަރުންގެ ޑެއިލީ އަދި މަސް ދުވަހުގެ ޕްލޭންތަކަށް ބަލައި ތައްޔާރު ކޮށްފައިވާ ޕެކޭޖުތަކެކެވެ. އުރީދޫގެ އާ ސްލޯގަން، “އަޕްގްރޭޑް ޔޯ ވޯލްޑް” ޝިއާރުގެ ދަށުން އަލަށް ތައާރަފްކުރި މި ދެ ޕެކޭޖަކީ މަގޭ ޕަވާ ޕެކް 50 އަދި މަގޭ ޕަވާ ޕެކް 500 އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ 'މަގޭ ޕަވާ ޕެކް 500' ހިޔާރު ކުރުމުން، އެއް މަހަށް ބޭނުން ކުރެވޭ ގޮތަށް 50 ޖީބީ 500 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

ހަމައެއާއެކު، 'މަގޭ ޕަވާ ޕެކް 50'އަކީ އެއް ދުވަހަށް ބޭނުން ކުރެވޭ ގޮތަށް، 50 ރުފިޔާއަށް 10 ޖީބީ ލިބޭ ޕެކޭޖެކެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެ ޕެކޭޖުތައް ގަނެވޭނެއެވެ.

އުރީދޫގެ މައި ކުންފުނި އުރީދޫ ގްރޫޕުގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" މިމަހުގެ 10ގައި ރާއްޖޭގައި ވަނީ އިފްތިތާހުކޮށްފައެވެ.

އުރީދޫއިން ބުނީ "އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް ކަސްޓަމަރުންނަށް އާ ހިދުމަތްތަކާއި ޕެކޭޖްތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ފަހިކޮށްދެވި، އެކުންފުންޏާއެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355