twitterviber whatsapp telegramfacebookyoutube instagram
13th February 2026

އޭލެވެލްގައި އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ނިންމައިފި

ނަބީލާ އިސްމާޢީލް
Aug 24, 2022

އޭ ލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލް ސިލަބަހުގެ ބަދަލުގައި ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.

މިގޮތުން ކޭމްބްރިޖް އިންޓަރނޭޝަލް އޭއެސް އަދި އޭލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިޙާނުތައް ފަށާނެ ގޮތުގެ ޝެޑިއުލް މިނިސްޓްރީން ވަނީ އާއްމު ކޮށްފައެވެ.

  • 2023-2024 ވަނަ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އިމްތިހާނު ބޭއްވުން
  • 2024 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ބޭއްވުން
  • 2024-2025ވަނަ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އިމްތިހާނު ބޭއްވުން
  • 2025ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ބޭއްވުން

މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.

އިމްތިހާނު ބަދަލު ކުރަން ނިންމި ނަމަވެސް މިގޮތައް ނިންމި ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީން ސާފެއް ނުކޮށްދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355