twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަލާލުއްދީން ސްކޫލުން އޭލެވެލްއަށް ވަނުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 24, 2022

މި އަހަރު ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 11 އަށް ވަންނަށް އެދޭ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާ އެޕްލިކޭޝަން ފޯމް އިއްޏެއިން ފެށިގެން ދޫކުރަން ފަށައިފި އެވެ.

އެގޮތުން ގުރޭޑް 11 އަށް ވަނުމަށް އެދޭ ދަރިވަރުންގެ ތެރެއިން ސައިންސް ސްޓްރީމަށް ވަންނަން އެދޭ ދަރިވަރުން އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއިއެކު ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައި ވާން ޖެހޭނެ ކަމަށެވެ.

ބިޒްނަސް ސްޓްރީމަށް ވަދެވޭނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވުމާއިއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް/ ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއި އެކު ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން 1 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނެވެ.

ޖަލާލުއްދީން ސްކޫލުން ބުނީ ފާސްވިކަމުގައި ބަލަނީ އޭ ސްޓަރ، އޭ، ބީ، އަދި ސީ ފާސް ލިބިފައިވާކަމުގައިވާ ނަމައެވެ.

އަދި މީގެ އިތުރުން މި އަހަރު 11 އަށް ވަނަށް ބޭނުންވާ ދަރިވަރެއްނަމަ 2020 އޮކްޓޯބަރ/ ނޮވެމްބަރގައި ނުވަތަ އޭގެފަހުން ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާން ހަދާފައިވުމާއި އެކު ދިވެހިރާއްޖޭގެ ޤާނޫން ގަވައިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުމާއި އަދި ކައިވެންޏެ ކޮށްފައި ނުވާ ފަރާތަކަށް ވާން ވާނެކަމަށެވެ.

މި ޝަރުތުތައް ހަމަވާ ފަރާތް ތަކުން އަންނަ ސެޕްޓެމްބަރު 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސްކޫލަށް ހުށައެޅުމަށާއި ފޯމް ނަގަން ދާއިރު ނަތީޖާ ސްލިޕް ހިފައިގެން ދިއުމަށް އެ ސްކޫލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355