twitterviber whatsapp telegramfacebookyoutube instagram
4th May 2024

އުރީދޫ "ފަން ރަން" ޑިސެމްބަރު މަހު ބާއްވަނީ

ނަބީލާ އިސްމާޢީލް
Aug 25, 2022

ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލަރ ރަން އަޕްގްރޭޑްކޮށް އައު ކަންތައްތަކާއެކު އުރީދޫ ފަން ރަން 23 ޑިސެމްބަރ ގައި އިއުލާނުކޮށްފި އެވެ.

އުރީދޫ ފަން އިއުލާންކޮށްފައިވަނީ މީސް މީޑިއާގައި އުރީދޫއިން ޕޯސްޓްކުރީ ވީޑިއޯ އަކުންނެވެ.

މި ވީޑިއޯގައި އުރީދޫ ގެ ފޯރިގަދަ ކަލަރ ރަންގެ މަންޒަރުތަކުގެ އިތުރުން ފަން ރަންގެ މަޖާ ހަރަކާތްތައްވެސް ކޮންމެވެސް ވަރަކަށް އެވީޑިއޯއިން ދައްކާދެއެވެ. އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ރަން ކަމަށް އެކުންފުނިން ބުނެއެވެ.

"އަޅުގަނޑުމެންގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު، އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކާއި، އިވެންޓްތައްވެސް މިދަނީ އައު ހަރުފަތަކަށްގެންދިއުމަށް މަސައްކަތްކުރަމުން. އެގޮތުން މިއަދު، މުޖުތަމައު އެއްވެގެން ބާއްވާ އިވެންޓްކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލަރ ރަން އަޕްގްރޭޑްކޮށް، އުރީދޫ ފަން ރަން އިއުލާންކޮށް، ރީލޯންޗްކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ ފަން ރަން ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ރަން އަށް، މި ރަންގައި އާއިލާ ތަކާއި އެކި އުމުރުފުރާތަކުގެ ރަހުމަތްތެރިންނަށް ވެސް ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ. ރާއްޖޭގެ ދުވުމުގެ މުޖުތަމައު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ކުރިއަރާފައި، އަޅުގަނޑުމެންގެ އުއްމީދަކީ މި ބޭއްވޭ އެންމެ އުފާވެރި ދުވުމުގައި ބައިވެރިވެ އިތުރު މީހުން ދުވުންފަދަ ހަރަކާތްތަކަށް ޝައުޤުވެރިކަން އިތުރުވުން". އުރީދޫ ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ ވިދާޅުވިއެވެ.

މި ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށާއި ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއްކަަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެނަށް މިރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު ދޭކަމަށާއި މި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355