twitterviber whatsapp telegramfacebookyoutube instagram
7th October 2026

ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ހޮނިހިރުދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Aug 26, 2022

ދިވެހި ރެޑް ކްރެސެންޓްގެ 13 ވަނަ އަހަރީ ދުވަހާއި، ބައިނަލްއަގުވާމީ އިންސާނީ ހިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމަށް، "ހިއުމެނިޓޭރިއަން ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓު ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 6 އަށް، ޒޯން ސްޓޭޑިއަމުގައެވެ.

ދިވެހި ރެޑް ކްރެސެންޓް އިން މައުލޫމާތު ދިން ގޮތުގައި މި ކުޑަކުދިންގެ ހަވީރުގައި ގިނަ ސްޓޯލްތަކެއް ފެނިގެންދާނެއެވެ. އެގޮތުން ރެޑް ކްރެސެންޓްގެ އެކި ސްޓޯލްތަކުގެ އިތުރުން އެކި އެކި މުއައްސަސާތަކުގެ ސްޓޯލްތައްވެސް މި ހަވީރުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްޓޯލްތަކުން އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރަށް، އެކި އެކި ހަދިޔާތައްވެސް ލިބިގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މި ފެސްޓިވަލުގައި ސްޓޯލްތައް ބައިވެރިކުރާ މުއައްސަސާތަކުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ހިމެނެއެވެ.

މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ އިންނާއި ޔަންގް ލީޑަރސް ކުޅުދުއްފުށީ ބްރާންޗުގެ ސްޓޯލްތައްވެސް މި ހަވީރުން ފެނިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293